ކެންޔާގެ ކުނިގޮނޑަކުން އިންސާނުންގެ ހަށިގަނޑުގެ ބައިތައް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާ 42 އަންހެނުން މަރާލި ކަމަށް އިއުތިރާފުވެއްޖެ އެވެ.
އެ ހަށިގަނޑުގެ ބައިތައް ފެނުނީ ކެންޔާގެ ވެރިރަށުގެ ދެކުނަށް އޮންނަ ސްލަމްއެއްގެ ކުނިގޮނޑުން މިދިޔަ ހުކުރު ދުވަހު އެވެ. ހަށިގަނޑުގެ ބައިތައް ހުރީ ޕްލާސްޓިކް ކޮތަޅުތަކަށް އަޅައިފަ އެވެ.
ކެންޔާގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ ހެޑް އޮފް ދަ ޑިރެކްޓޮރޭޓް މުހައްމަދު އަމީންއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ހައްޔަރުކުރި 33 އަހަރުގެ މީހާ ވަނީ 42 އަންހެނަކު ހައްލައިގެން ގެންގޮސް، އެ މީހުން މަރާލުމަށްފަހު ހަށިގަނޑުގެ ބައިތައް ބުރިކޮށް ކުނިގޮނޑަށް އުކާލި ކަމަށް އިއުތިރާފުވެފަ އެވެ.
”އަހަރެމެން ހައްޔަރުކޮށްފައި މިވަނީ ސީރިއަލް ކިލާއެއް، އިންސާނީ ފުރާނައަށް އެއްވެސް އިހުތިރާމެއް ނުކުރާ މޮޔަ ސީރިއަލް ކިލާއެއް،“ އަމީން ވިދާޅުވެފައިވެ އެވެ.
އެ މައްސަލައިގައި އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވާ އިރު، އޭނާ އަތުލައިގަތީ މަރާލި މީހެއްގެ ފޯނު ހިފައިގެން އުޅެނިކޮށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކުނިގޮނޑަށް އެއްލާލި ހަށިގަނޑުތަކުގެ ތެރެއިން ނުވަ ހަށިގަނޑެއް މިހާތަނަށް ވަނީ ހޯދިފަ އެވެ. އަދި އެ ހަށިގަނޑުތަކުގެ އޮޓޮޕްސީ އަންނަ ހޯމަ ދުވަހު ހަދާނެ ކަމަށްވެސް ބުނެފައިވެ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް