ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުންގެ އިތުބާރު ނެތްކަން އެ މެންބަރުން ހާމަކޮށްފި އެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީން އިއްޔެ ވަނީ ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ނޭނގި ފައިސާ ގެއްލޭ މައްސަލައިގައި 19 ވަނަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާ މެދު މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ވިދާޅުވީ ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ގެއްލުމާއި އެކިކަހަލަ ސްކޭމްތަކުގެ މައްސަލަތަކުގައި ރައްޔިތުން ދަނީ ބީއެމްއެލްއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ކަމަށެވެ.
”ބޭންކް އޮފް މޯލްޑިވްސްއަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއް ދެން މިހާރު ބޭންކް އޮފް މޯލްޑިވްސް މިވަނީ ގިނަ ރައްޔިތުންގެ އިތުބާރު ނެތް ކުންފުންޏެއްގެ ގޮތުގައި ގިނަ ރައްޔިތުން މި ދެކެނީ“ އަޝްރަގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކުންފުންޏަކަށް ވުމުން ބީއެމްއެލް، ކޮމިޓީއަށް ހާޒިރުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރަންޖެހޭ ކަންކަމަށް މަޝްވަރާކޮށް، ސްކޭމްތަކަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން ބީއެމްއެލްއާ ސުވާލުކުރަންޖެހޭ ކަމަށެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ބީއެމްއެލްގެ ފަރާތުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ނުދެވޭ ކަމަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުތަކުން މުއާމަލާތް ކުރެވޭ އަދަދު ލިމިޓް ކޮށްފައިވާއިރު، ކްރެޑިޓް ކާޑުގެ ފީތަކާއި ކޮމިޝަންތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.
”ފަހުން ލިމިޓް ކުރީ ކޮމިޝަން ކުޑައެއް ނުވެޔޯ. ތިމަންނަމެން އަތުން އަހަރުން އަހަރަށް ކޮމިޝަން ނަގައޭ. އެކަމަކު ލިމިޓް ކޮށްގެން ލިބޭ ސާވިސް ނުލިބެއޭ. ކަޑާ ވަރަށް ކަޑައޭ ހިދުމަތެއް ނުލިބެއޭ،“ އިބްރާހިމް ދީދީ ވިދާޅުވި އެވެ.
ކޮމިޓީގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވަނީ ވަނީ ބީއެމްއެލްއަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ގުޅުންހުރި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން:
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހަކީ ޑިމޮކްރަސީއަށް މުހިންމު ފިޔަވަޅެއް: ފަހުމީ