މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްގެން ގެންގުޅުނު ދިވެހި ފިރިހެނަކު ސަލާމަތްކޮށްފި އެވެ.
ފުލުހުނ،ް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެ ރިޕޯޓްކުރި އެ ހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 30 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް އަދި 22 އަހަރުގެ މީހެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެ ތިން މީހުން ބަންދުކުރަން ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި، ރަހީނުކުރި މީހާ ގެއަށް ގެންދިޔައީ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ ހުއްޓައި އެތަނުން ރަހީނުކޮށްގެންނެވެ.
އަދި ރަހީނުކުރި މީހާ ސަލާމަތްކުރީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނަކުން ކަމަށާއި އެތަނުން މި މައްސަލައާ ގުޅޭ ތިން މީހުންވެސް ހައްޔަރުކުރި ކަމަށްވެސް ބަންދު އަމުރުން އެނގެ އެވެ.
މާލޭގައި މީހުން ރަހީނުކުރުމަށްފަހު ފޭރޭ މައްސަލަތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައިވެސް އެފަދަ ދެ މައްސަލައެއް ފެންމަތިވެފައިވެ އެވެ.
އޭގެ ތެރެއިން އެއް މައްސަލައިގައި ރަހީނުކުރި މީހާގެ އޮރިޔާން ފޮޓޯތަކެއްވެސް ނަގާފައިވާއިރު، އަނެއް މައްސަލައިގައި ހައްޔަރުކުރި މީހާގެ އިނގިއްޔެއް ވަނީ ބުރިކޮށްލައިފަ އެވެ.

ގުޅުންހުރި
ޝަރުތުތަކަކާއެކު މަންޑޭ ބަންދުން ދޫކޮށްލައިފި
ހަމަސް ތެރޭގައި އެމްޑީޕީއަށް އިތުރުވީ 10 މެންބަރުން
މާލޭ ގެއެއްގައި ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި
ޕީއެންސީން ވަގު ފޯމު ހުށަހެޅި ކަމުގެ ހެއްކެތް ނެތް: ފުލުހުން
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް