ބަންގްލަދޭޝްގައި އެ ގައުމުގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާ އާއި ހަމަނުޖެހުންތަކާ ގުޅިގެން، ގައުމުގެ މަސްލަހަތު ގޯސްވެ އެ ގައުމުގައި ކާފިއު އިއުލާންކޮށްފި އެވެ.
ބަންގްލަދޭޝްގެ ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ގައުމުގެ ދަރިވަރުން ފެށި މުޒާހަރާ ހޫނުވެ، ފުލުހުންނާ ކުރިމަތިލައި، އިމާރާތްތަކުގައި ދަނީ ހުޅުޖަހަމުންނެވެ.
އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އެ ގައުމުގެ ފުލުހުން ފެއިލްވެފައިވާއިރު ހޮސްޕިޓަލްތަކާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވާ ގޮތުން ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
”ގައުމުގައި ކާފިއު އިއުލާންކޮށް، މަދަނީ އިދާރާތަކަށް އެހީތެރިވުމަށް ސިފައިން ނެރުމަށް ވަނީ ނިންމާފައި،“ ބޮޑުވަޒީރު ޝައިހް ހަސީނާގެ ޕްރެސް ސެކްރެޓަރީ ނަޔީމުލް އިސްލާމް ހާން އޭއެފްޕީއަށް ވިދާޅުވެފައިވެ އެވެ.
ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ބާރުގެ ބޭނުން ކުރަމުންދާއިރު އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް ވަނީ ކަނޑާލައިފަ އެވެ.
ނަމަވެސް މުޒާހަރާ ކުރަމުންދާ ދަރިވަރުން ވަނީ މުޒާހަރާ ހުއްޓާ ނުލައި ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ. އަދި އެ މީހުން ދަނީ މުޒާހަރާގައި މަރުވާ މީހުންގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށާއި ޝައިހް ހަސީނާ ވަގުތުން އިސްތިއުފާ ދޭން ގޮވާލަމުންނެވެ.




ގުޅުންހުރި
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ޑެންގޫ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ