ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން ވަކިކޮށްފި އެވެ.
މާނިއު އެ މަގާމަށް އައްޔަން ކުރެއްވީ 20 ނޮވެމްބަރު 2023 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ކަސްޓަމްސްގެ ވެރިޔާގެ މަގާމުން މާނިއު ވަކިކޮށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ. މި ބަދަލު ގެނައި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުމެއްގައި ރާއްޖެ އަށް ހަތިޔާރު ގެނައުމަށް ނިޔަތް ގަނެފި ނަމަ، ހަތިޔާރު ވެސް ގެނެވޭ ގޮތަށް އެ މަގު ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނި މައްސަލައާ ގުޅިގެން އާންމުންގެ ފާޑުކިޔުން އެ މުއައްސަސާއަށް ވަނީ އަމާޒުވެފަ އެވެ.
މާނިއުއަކީ ކުރިން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެންއައިސީގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށާއި އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށް އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން