މި ހިނގާ މާލީ އަހަރު އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ހުށަހަޅައި ބަޖެޓުގައި ޖެހި އަދަދު ކުޑަކޮށްފި އެވެ.
އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ސީތާރަމަން މި އަހަރުގެ ފެބްރުއަރީ މަހު އެ ގައުމުގެ މަޖިލީހަށް ހުށަހެޅުއްވި އިންޓަރިމް ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ހިމެނީ 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) އެވެ.
އޭރު ހުށަހެޅި ގޮތުން ރާއްޖެއަކީ އިންޑިއާ އިން ދެވަނައަށް އެންމެ ބޮޑު ހިލޭ އެހީއެއް ދޭނެ ގައުމެވެ.
ނަމަވެސް އިންޑިއާގެ 2025-2024 އަށް އެކުލަވައިލި ބަޖެޓު އިއްޔެ ފާސްކުރި އިރު، ރާއްޖެ އަށް ދޭން ހުށަހެޅި އެހީގެ އަދަދު ވަނީ 400 ކްރޯޑު ރުޕީސް (48 މިލިއަން ޑޮލަރު) އަށް ކުޑަކޮށްފަ އެވެ. މިއީ މީގެ ކުރިން ހުށަހެޅި އަދަދަށް ވުރެ 48 ޕަސެންޓް ނުވަތަ 24 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ރާއްޖެ އަށް ދޭ އެހީ ކުޑަކޮށްފައި މިވަނީ ރާއްޖޭގެ ރައީސްކަމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެން ހިސާބުން، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވަނިކޮށެވެ.
އަދި ރައީސް މުއިއްޒަކީ ޗައިނާ އާއެކު ގުޅުން ބަދަހިކުރާ އެ ގައުމާ ގާތް ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާ އިން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން އެ ގައުމުގެ އަވައްޓެރި ގައުމުތަކަށް ދިނުމަށް ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ހިމަނަން ހުށަހަޅާފައިވަނީ ބޫޓާން އަށެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދެނީ ނޭޕާލް އަށެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް