ތިލަފުށްޓާއި ގިރާވަރު އަދި ގިރާވަރާއި އުތުރު ތިލަފަޅު ގުޅާލުމަށް އަޅަންޖެހޭ ބްރިޖުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަކީ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޗައިނާއަށް މި ފަހުން ވަޑައިގެންނެވި މިނިސްޓަރުންގެ ޓީމުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ރައީސްއާ ބައްދަލުކުރައްވައި ތިލަފުއްޓާއި އުތުރުތިލަފަޅާ ދެމެދު އަޅާ ބްރިޖަށް ބޭނުންވާ ފައިސާ ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ހުށަހަޅަން އެދިފައިވާތީ އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ 2026 ގައި މި ދެ ބުރިޖުގެ އަމަލީ މަސައްކަތް ފެށުން. 2026 ގައި އަމަލީ މަސައްކަތް ފަށައި ތިން އަހަރުތެރޭ ގިނަވެގެން ތިން އަހަރުތެރޭ 2029 ނިމެންވާއިރަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅުވާލުން“ ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުތުރުތިލަފަޅުން ބައެއް ހާއްސަ ކުރަން ނިންމީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވީ މީހުންނާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 20 އަހަރުވީ މީހުންނަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އުތުރުތިލަފަޅުން ގޯތި ނުދީ، ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ވަނީ ނިންމައިފަ އެެވެ.
ރައީސް ވިދާޅުވީ ގިރަވާރުފަޅުގައި މީހުން ދިރިއުޅުމަށްޓަކައި އެ ތަން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތްވެސް ވައުދުވެވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންގޮސް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

34 Comments
ގުޅުންހުރި
އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑުއެހުން މުހިންމު: ރައީސް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަލީތަކުރުފާނު ހޯދަނީ
އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް
އެއް މަސް ނުފުރޭ ކުޑަކުއްޖަކު ދިރިހުއްޓާ ވަޅުލާފައި އޮއްވައި ސަލާމަތްކޮށްފި