މާފުށީ ޖަލުގައި ޑުރަގް ގެންގުޅުނު މީހަކު 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖަލުގައި ޑުރަގް ގެންގުޅުނު މައްސަލައިގައި 25 އަހަރަށް ޖަލައި 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ކ. ގުރައިދޫ/ މިނިވަންއައްސޭރި، މުހައްމަދު ފިޔާޒެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ކުރި އެ ދައުވާގެ ހުލާސާގައި ބަޔާންކޮށްފައި ވަނީ، ފިޔާޒް، މާފުށި ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް 5 ޖެނުއަރީ 2016 ގައި އޭނާ ހުރި ޖަލު ގޮޅީގައި ޑުރަގް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބަލާފާސްކުރި އިރު، އޭނާގެ ބޮކްސާ ތެރެއިން ދެ ކޮޅު ފެނުނު ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 24 ގުރާމް ހުރި އިރު، ޖަލު ގޮޅި ތެރެއިން ނެގި އެހެން ކޮތަޅެއްގައި 9.8922 ގްރާމުގެ ހުރި ކަމަށް ދައުލަތުން ބުންޏެވެ.
ފިޔާޒްގެ އަތުން ފެނުނު ޑުރަގް ޑައިމޯފިންއަށް ޕޮޒިޓިވްވެފައިވާތީ، އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކްރުމުގެ ކުށުގެ ދައުވާ ކުރީ ކަމަށްވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ކުރި އެ ދައުވާއަށް ފިޔާޒް ވަނީ އިންކާރުކޮށްފަ އެވެ.
ނަމަވެސް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާ އޭނާގެ ރައުޔުގައި ވިދާޅުވީ ފިޔާޒު، ދައުވާއަށް އިންކާރު ކުރި ނަމަވެސް ޑުރަގް ފެނުނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިންކަން ހެކިންގެ ހެކިބަހުން ސާބިތުވާތީ އާއި އެ ތަކެތި ހުރީ ފިޔާޒުގެ ބެލުމުގެ ދަށުގައިކަން ސާބިތުވާ ކަމަށެވެ.
އެހެންވެ ގާޒީ ހުކުމް ކުރެއްވީ ފިޔާޒުގެ މައްޗަށް ޑައިމޯފިކް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާތީ އޭނާ 25 އަހަރަށް ޖަލަށް ލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ.




22 Comments
ގުޅުންހުރި
ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން
ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
ދަނބިދޫ އާއި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި
70 ރަބަރު ޕެކެޓާއި 1.2 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ