އައްޑޫ މޫދުގައި 10 މެގަވޮޓުގެ ފްލޯޓިން ސޯލާ ނިޒާމެއް ގާއިމުކުރަން އިންވެސްޓަރުން ހޯދަނީ

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓުގެ ފްލޯޓިން ސޯލާ ނިޒާމެއް ގާއިމުކޮށްދޭނެ އިންވެސްޓަރަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެ ނިޒާމު ގާއިމުކުރާނީ ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުން އަންނަ އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ ދަށުން ކަމަށެވެ

މ ނިޒާމުގެ ދަށުން ހިތަދޫ ޕޯޓު ސަރަހައްދުގެ މޫދުގައި އަށް މެގަވޯޓުގެ ފްލޯޓިން ސޯލާ، މަރަދޫ ބަނދަރު ސަރަހައްދުގައި އެއް މެގަވޮޓުގެ ފްލޯޓިން ސޯލާ ހުޅުމީދޫ ބަނދަރު ސަރަހައްދު މޫދުގައި އެއް މެގަވޮޓުގެ ފްލޯޓިން ސޯލާ ނިޒާމު ގާއިމުކުރާނެ އެވެ.

އެ ނިޒާމު ގާއިމުކުރަން އިންވެސްޓަރުން ހޯދަނީ ނިޒާމު ފަރުމާކޮށް، ގާއިމުކޮށް، އެކަމަށް އަމިއްލައަށް ފައިސާ ހަރަދުކޮށް، އޭގެ ވެރިފަރާތުގެ ގޮތުގައި އޮޕަރޭޓްކޮށް އޭގެން އުފައްދާ ހަކަތަ ޓްރާންސްފާ ކުރާ އުސޫލުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު އަންނަ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޮވާނެ އެވެ. އަދި ފްލޯޓިން ސޯލާ ސިސްޓަމް ގާއިމުކުރުމަށް ކަނޑަައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެއްޓަށް އަސަރުކުރާ ނިސްބަތާއި އަދި އެހެނިހެން ފަންނީ ސާވޭތަކަށްފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާ ކުރެވެނީ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށް ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި ނިޒާމު ގާއިމުކޮށް ނިމުމުން ސޯލާ ހަކަތައިން ކަރަންޓު އުފައްދަން ފެށުމުން އަހަރަކު 4.43 މިލިއަން ލީޓަރުގެ ތެޔޮ ބޭނުން ކުރުން މަދު ކުރެވޭނެ ކަމަށެވެ. އޭގެ ސަބަބުން ތެލަށް ކުރާ ހަރަދުން އަހަރަކު 35.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

3 Comments

  • Hussain Saleem ޖުލައި 30, 2024

    Anjum Khalid what will happen if it floats away

    • Anjum Khalid ޖުލައި 30, 2024

      Hussain Saleem it will come back again

  • Ahmadh Shaugee ޖުލައި 31, 2024

    Addooga bridge vesalhaifi

Leave a Reply