ސެޕްޓެމްބަރ 21, 2024

މަޖިލީހުގައި ހައިދަރު ހެދީ ދޮގެއް، 100 ފުލެޓުގެ މަޝްވަރާތައް ދަނީ ކުރިއަށް: ކަސްޓަމްސް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ 4،000 ފްލެޓްގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ އެ އިދާރާ އިން ދޮގުކޮށްފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރުމަށް އިއްޔެ ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ ކަސްޓަމްސްއާއި 4،000 ފްލެޓް އިމާރާތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ދެމެދުގައި އެއްބަސްވުމެއް އޮތް ނަމަ އެ ކުންފުނިން އެއަށް އިހުތިރާމު ކުރާނެ ކަމަށެވެ.

”އެހެން ނަމަވެސް މި 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް… އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކަސްޓަމްސްއާ މަޝްވަރާ ކުރި އިރު، ކަސްޓަމްސްގެ ވެސް މާބޮޑު އިންޓްރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށް،“ ހައިދަރު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ކަސްޓަމްސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން 100 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމައި، 19 ސެޕްޓެމްބަރު 2023 ގައި ރައީސް އޮފީހުން ކަސްޓަމްސް އަށް އެކަން އަންގާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ އެ ނިންމުމާ އެއްގޮތަށް، ތިން ކޮޓަރީގެ 85 ފްލެޓާއި 2 ކޮޓަރީގެ 15 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭން ކަނޑައެޅުމަށްފަހު، ހައުސިން މިނިސްޓްރީ އަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ގައި އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.

”މި 100 ފްލެޓްގެ ތެރެއިން ވަކިވަކި ޔުނިޓްތަކުގެ ނަމްބަރުތައް ދިނުމަށްފަހު، އެ ޔުނިޓްތައް ދޭންވީ މުވައްޒަފުން ކަނޑައެޅުމަށްފަހު ފޮނުވުމަށް އެ މިނިސްޓްރީން ކަސްޓަމްސްއަށް އެންގުމުން ކަސްޓަމްސްގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ފްލެޓް ލިބޭ މުވައްޒަފުންނަށް އެ ޔުނިޓް ކަނޑައެޅުމަށްފަހު، 16 ނޮވެމްބަރު 2023 ގައި އެ ލިސްޓު ހައުސިން މިނިސްޓްރީއަށް ފޮނުވުނު،“ ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، އެކަމާ ގުޅިގެން ހަދަންޖެހޭ އެއްބަސްވުންތައް ހެދުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެ މުއައްސަސާގެ މުވައްޒަފުންނަށް ގުޅަމުން ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން އެންގި ކަމަށެވެ. އެހެންވެ، އެކަމުގެ އެއްބަސްވުން ހަދައިދިނުމަށް ކަސްޓަމްސް އިން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އީމެއިލް ކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، ވެރިކަން ބަދަލުވުމުން އެ މުއައްސަސާއަށް ދީފައިވާ ފްލެޓްތަކާމެދު އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ހޯދުމަށް ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އެދުނު ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާއި އެޗްޑީސީ އާއެކު ކަސްޓަމްސް އިން މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ އޮޕްޝަންތަކެއް ހުށަހެޅުމަށް ރައީސް އޮފީހުން އަންގާފައިވާތީ، މިިދިޔަ މާޗު މަހުގެ 18 ގައި ހައުސިން މިނިސްޓްރީ އާއެކު ބައްދަލުމެއް ބާއްވާފައިވާނެ ކަމަށްވެސް ބުންޏެވެ.

”މި ބައްދަލުވުމުގައި އެއްބަސްވެވުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިން އެޗްޑީސީއާ ގުޅިގެން ހޯދުމަށާއި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ 100 ފްލެޓް އިތުރު ބަދަލެއް ނުގެނެސް ކުރިން ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށެވެ،“ ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ އެ މުއައްސަސާގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި މުވައްޒަފުންގެ ވެލްފެއާއަށް ކުރަންޖެހޭ ކަންކަން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އެހެންކަމުން އެ 100 ފްލެޓް ހޯދުމަށާއި ފްލެޓް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުންޏެވެ.

13 Comments

  • Zahira Hasan ޖުލައި 30, 2024

    Ekenves nahadhalhaathedhen dhogubodi sarukaaru

  • Mohamed Shazeel ޖުލައި 30, 2024

    Dhogubayaadhen kan falhaa ereenootha

  • Canadian Jud ޖުލައި 30, 2024

    Dhogu machah Dhogu

  • Mariyam Sharyfa ޖުލައި 30, 2024

    Haider e bunnee UK ge vaahaka kamah vedhaane noos kudhin olhunee

  • Aminath Ali ޖުލައި 30, 2024

    Keehve dhogu hadhany. Dhogu hedhumakee v nubaikameh

  • Ahmed Shujaau ޖުލައި 30, 2024

    Meena hedhi thedheh bunebala

  • އަލީ ރަޝީދު ޖުލައި 30, 2024

    Mulhin ehen level eh

  • Abdulla Shiyam ޖުލައި 30, 2024

    Mayaanu

  • Nishka Em ޖުލައި 30, 2024

    Mivaru meehakah ithubaaru kuraany kihineh? Hamty

    • Hamty Uznie ޖުލައި 31, 2024

      Em 😡😡

  • Fathmath Badoora ޖުލައި 30, 2024

    Meena fenuneema heekuree varah heyo lafaa mausoom meeheh kamah. Mihaaru mi engenee dogu hedhumaa olhuvaalumakee meena kaifa laa vaeh kamah

  • Ibrahim Adam ޖުލައި 31, 2024

    Meena PhD negee dhoguhedhumun

  • Nazim Ahmed އޯގަސްޓް 3, 2024

    Kosheege veriyaa vidhaalhu vaa gothah, konmme bakari akaaves suvaaleh kuran libeynee 45 sikunthu. Handhumafulhu bahahattavaa nikamethi rahyyathun 😂😁😉

Leave a Reply