އެއްވެސް ރައްޔިތަކާ ހަތަރުކަޅި ހަމަކޮށް ނުލެވޭވަރުގެ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން އެ ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ހަރަދު ކުޑަކުރަން އަޅަމުންދާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހިގެން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި އެ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެއްވެސް ހިދުމަތެއް އެ ރައްޔިތަކަށް ނުލިބި ނުދާނެ ކަމަށެވެ.
”ރައީސް ޑރ. މުއިއްޒުވެސް ރައްޔިތަކާ ހަތަރުކަޅި ހަމަކޮށް ނުލެވޭވަރުގެ ކަމެއް ނުކުރައްވާނޭ. ހުރިހާ ކަމެއްވެސް ކުރައްވާނީ އަދިވެސް ރައްޔިތުން ކައިރިއަށް ދާންޖެހޭނެކަން އެނގިގެން އަދި މިއަށްވުރެ މާއުފާވެރި ހާލަތެއްގައި އޮންނާނެކަން ދެނެގެން،“ ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު މި އޮތީ ކަންބޮޑުވާންޖެހޭ ހާލަތަކަށް ގޮސްފައި ކަމަށާއި ކޮންމެ ދިމާއަކުންވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ. މިދިޔަ ސަރުކާރު ނިމުނުއިރު އާސަންދަ އިން އެކަނިވެސް 1.1 ބިލިއަންގެ ބިލު ނުދައްކާ އޮތް ކަމަށާއި މި ސަރުކާރުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ އާސަންދައަށް އެކަނި ހަރަދުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

6 Comments
ގުޅުންހުރި
ޝަރުތުތަކަކާއެކު މަންޑޭ ބަންދުން ދޫކޮށްލައިފި
ހަމަސް ތެރޭގައި އެމްޑީޕީއަށް އިތުރުވީ 10 މެންބަރުން
މާލޭ ގެއެއްގައި ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި
ޕީއެންސީން ވަގު ފޯމު ހުށަހެޅި ކަމުގެ ހެއްކެތް ނެތް: ފުލުހުން
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް