ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދާ 4،000 ފުލެޓުގެ ތެރެއިން 100 ފުލެޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހާއްސަ ކޮށްފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވުމަށްފަހު، އެ ފްލެޓްތައް ކަސްޓަމްސްއަށް ދޭން އެންމެފަހުން ނިންމައިފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން 100 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމައި، 19 ސެޕްޓެމްބަރު 2023 ގައި ރައީސް އޮފީހުން ކަސްޓަމްސް އަށް އެކަން އެންގި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ހައިދަރު ވަނީ އެ ފްލެޓްތަކަކީ ވުޖޫދުގައި ވެސް ނެތް ފްލެޓްތަކެއް ކަމަށް ވިދާޅުވެފަ އެވެ.
މި 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް… އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކަސްޓަމްސްއާ މަޝްވަރާ ކުރި އިރު، ކަސްޓަމްސްގެ ވެސް މާބޮޑު އިންޓްރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށް،“ ހައިދަރު ވިދާޅުވި އެވެ.
ހައިދަރުގެ އެ ވާހަކަތައް ދޮގުކޮށް ކަސްޓަމުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ކަސްޓަމްސް އިން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 100 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމައި، އެކަން ރައީސް އޮފީހުން އެ އިދާރާއަށް އެންގުމުން ފްލެޓް ދޭނެ މުވައްޒަފުންވެސް ނިންމާފައިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވި ފަހުން އެ ފްލެޓްތަކުގެ ވާހަކައިގެ ތަފުސީލެއް ލިބިފައިނުވާ ކަމަށް ބުނެފައިވެ އެވެ.
އެ ބަޔާން ނެރުމުން ހައިދަރު ހިމެނޭހެން، ހައުސިން މިނިސްޓްރީގެ އިސްވެރިން ކަސްޓަމްސްގެ އިސްވެރިންނާ ބައްދަލުކުރި އެވެ. އެ ބައްދަލުވުމަށްފަހު ކަސްޓަމްސް އިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 100 ފްލެޓް ކަސްޓަމްސްއަށް ދޭން ހައުސިން މިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.

2 Comments
ގުޅުންހުރި
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފި
ސިވިލް ސާވަންޓުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ކުރެވޭ ގޮތް ހަދައިފި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑުއެހުން މުހިންމު: ރައީސް