ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް، ފަސް މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި

މާލޭގައި ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އަސްރަފީ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރީއެއް ހިންގާފައިވާ ކަމަށް ރޭ 12:33 ގައި ރިޕޯޓެއް ލިބުނު ކަމަށެވެ.

އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ މާރާމާރިއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެ އެންމެންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މާރާމާރީ ހިންގި ސަބަބެއް އަދި މާރާމާރީގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ. ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.