މާލޭގައި ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އަސްރަފީ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރީއެއް ހިންގާފައިވާ ކަމަށް ރޭ 12:33 ގައި ރިޕޯޓެއް ލިބުނު ކަމަށެވެ.
އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ މާރާމާރިއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެ އެންމެންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މާރާމާރީ ހިންގި ސަބަބެއް އަދި މާރާމާރީގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ. ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

3 Comments
ގުޅުންހުރި
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މާންދީ ދެއްކި ވާހަކަތައް އީސީން ކުށްވެރިކޮށްފި
ގާނޫނީ އިމުގެ ތެރެއިން މުޒާހަރާ ކުރުމުގެ ފުރުސަތު ދިނުމަށް އެޗްއާރުސީއެމުން ގޮވާލައިފި
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ, ފިނޭންސްގެ ދަށަށް
ޕީސީބީގެ ރައީސްއަކަށް އަނަސް އައްޔަންކުރައްވައިފި
ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!
ޑުރަގުގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި، އަގު 6.7 މިލިއަން ރުފިޔާ!