ބޭންކަށް އޮޅިގެން ލިލީ ރިސޯޓުގެ ބައެއް މުވައްޒަފުންނަށް 77 ބިލިއަން ޑޮލަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮޅިގެން ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައަށް 77 ބިލިއަން ޑޮލަރު ޖަމާކޮށްދީފިއެވެ.

އެނގިފައިވާ ގޮތުގައި، އެ އެކައުންޓުތަކަށް ފައިސާ ޖަމާވިތާ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ފަހުން ބީއެމްއެލުން ވަނީ، ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން ޑައުންކޮށްފައެވެ.

ބީއެމްއެލުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ލިލީ ރިސޯޓުގައި 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު، އޮޅިގެން ފައިސާ ޖަމާވީ ކިތައް މީހުންނަކަށް ނޭނގެ އެވެ.