ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި އުލިގަމު ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުލިގަމު ކައުންސިލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު މުއާޒު މުހައްމަދެވެ.
އެމްޕީއެލް އިން ބުނީ، އެ އެއްބަސްވުމުގެ ދަށުން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްގީ ކުރުމުގެ އިތުރުން ޔޮޓްތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް އެ ކުންފުނިން ގާއިމުކުރާނެ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ހިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ. އަދި މިހާރު ކޮންސެޕްޓްވެސް ހަދައި، އިންވެސްޓަރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
”ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް އެއީ ދިވެހިރާއްޖޭގައި މެރިޓައިމް ސެކްޓަރު ވަރަށް ބޮޑަށް ފުޅާކުކުރުން. އުލިގަމަކީ ޒަމާނުންސުރެ، އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރާތް ކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް މި ރަށުން ފޯރުނުކޮށްދެވޭތީ،“ ވަޖީހު ވިދާޅުވި އެވެ.
އުލިގަމުގައި މެރީނާއެއް ހެދުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރި އިރު، އެމްޕީއެލް އިން މިއަދު ވަނީ އެކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފަ އެވެ.

ގުޅުންހުރި
އިރު ހުރީ ސީދާ ރާއްޖެއާ ދިމާ މަތީގައި، އެންމެ ހޫނު ގަދަވާނީ
މެޑަމް ސާޖިދާ ގޮވާލެއްވީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފަށް ޖާގަ
މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން އުޅެނިކޮށް ފަޒީން އިސްތިއުފާ ދެއްވައިފި
މާންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި، މެޑަމް ސާޖިދާ ވިދާޅުވީ ބަލައެއް ނުގަނެވޭނެ
ލަންކާގެ ގޭންގު ލީޑަރަކު މަރާލުމުގައި އިސްކޮށް ހުރި ކަމަށް ބުނާ އިޝާރާ
ދިން ފަހު ފުރުސަތުގައި ވެސް ޖާހުގެ ފްލެޓްތަކެއް ނުނިންމުނު، އެއްބަސްވުން ބާތިލުކޮށްފި