ބިދޭސީ ފިރިހެނެއްގެ އަތުން ފޭރުނު އަންހެނަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީ ---

ކުޅުދުއްފުށި ސިޓީގައި ބިދޭސީ ފިރިހެނެއްގެ އަތުން ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ހަވީރު ހުށަހެޅި އެ މައްސަލައިގައި އެ އަންހެން މީހާ ފޭރުނީ ބަންގްލަދޭޝް ފިރިހެނެއްގެ ވޮލެޓް ކަމަށެވެ.

އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.