މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޓު ބަނުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ހަދާ ބޯޓުޔާޑުގައި މި މަހުގެ ތެރޭގައ ބޯޓު ބަންނަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ ބޯޓު ބަނުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ހަދަނީ ފައިބަރު މަސައްކަތް ކުރާ ބޯޓުޔާޑެކެވެ. އަދި ދަގަނޑުގެ މަސައްކަތްކުރާ ބޯޓުޔާޑެއް ތިލަފުށީގައި ހަދާނެ އެވެ.
ވަޖީހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީގައި ހަދާ ބޯޓުޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އަންނަ ހަފުތާގެ ކުރީކޮޅު އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ތިލަފުށީގައި ހަދާ ބޯޓުޔާޑުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ މެރިޓައިމް ސެކްޓާއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.


1 Comment
ގުޅުންހުރި
އެމްޕީއެލްގެ އާ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ޑީސީޕީ ރިޝްވާން
އެމްޕީއެލްގެ އެމްޑީގެ މަގާމުން ވަޖީހު ވަކިކޮށްފި
ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކާގޯ އެތެރެކުރީ ނިމިދިޔަ އަހަރު: ވަޖީހު
ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
މާލޭ ވިޔަފާރި ބަނދަރު މި ދައުރުގެ ތެރޭގައި ތިލަފުށިއަށް ބަދަލުކޮށް ނިންމާލެވޭނެ:
ބަންކަރިންގެ ދެވަނަ ފިޔަވަހި: ހޯރަފުށި ފަޅުގައި ޕޯޓަކާއި ކްލަބް ހައުސްއެއް، އިހަވަންދޫގައި