ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުހައްމަދު ނިމާލް މިއަދު އައްޔަން ކުރައްވައިފި އެވެ.
ނިމާލް އެ މަގާމަށް އައްޔަން ކުރައްވާފައި މި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޒުލްފާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރުމަށްފަހު އެވެ.
ނިމާލްއަކީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ނިމާލް ވަނީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ މިނިސްޓަރު ކައުންސެލަރުގެ މަގާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވައިފަ އެވެ.
ނިމާލަށް އެލްޖީއޭގެ ސީއީއޯގެ މަގާމު ދިން އިރު، އޭނާގެ މައްޗަށް ވަނީ ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ފެނަކަ އިން އުސޫލުތަކާއި ހިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ 2.5 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 27 ޑިސެމްބަރު 2022ގަ އެވެ.
އެ މައްސަލައިގެ ދެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރި ކަމަށެވެ. އެއްފަހަރު މައްސަލަ ކެންސަލް ކުރީ ނިމާލްގެ ވަކީލު ބަލިވެ އުޅޭތީއެވެ. ދެން ކެންސަލް ކުރީ އޭނާ ބަލިވެ އުޅޭތީ އެވެ.




1 Comment
ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ