މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސް ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައަޅަން އެމްއެމްއޭގެ ބޯޑުން ފާސްކޮށްފި އެވެ.
އެމްއެމްއޭގެ އިސް އޮފިޝަލަކު މިއަދު ”ހަފްތާ“ އަށް ވިދާޅުވީ، އޮނިގަނޑަށް ބަދަލު ގެންނަން ބޯޑުން ފާސްކުރީ ޒަމާނީ ސެންޓްރަލް ބޭންކަކަށް އަދި ހެޔޮ ނަތީޖާ ނެރޭ ބޭންކަކަށް ހެދުމަށް ކަމަށެވެ.
އެ ބަދަލުތަކުގެ ސަބަބުން އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ އަދި ހެޔޮ ނަތިޖާތަކެއް ނެރުމަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
އެމްއެމްއޭގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެސިސްޓެންޓް ގަވަރުނަރުގެ މަގާމު ވަނީ މެނޭޖިން ޑިރެކްޓަރު މަގާމަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓް ކޮށްފަ އެވެ.
އެމްއެމްއޭގެ އޮފިޝަލް ވިދާޅުވީ، އެމްއެމްއޭގެ މަސައްކަތްކުރާ ތައުލީމީ އަދި ތަޖުރިބާކާރު ފަރާތްތަކަށް ފުރުސަތު ފުޅާކުރުމުގެ ގޮތުން އަލަށް ހުޅުވާލާ މެނޭޖިން ޑިރެކްޓަރު މަގާމަކީ ފަސް އަހަރުގެ ދެ ދައުރަކަށް ހޮވޭ މަގާމަށްވެސް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މާގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން އާންމުކޮށްވެސް ހުޅުވާލާނެ ކަމަށާއި އޭގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލު ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވި، ފަންނީ ގާބިލު މީހުންނަށް އެމްއެމްއޭ އަށް ވަނުމަށްވެސް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.




15 Comments
ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ
20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި