ނޮވެމްބަރ 11, 2024

އައިޖީއެމްއެޗްގެ އިހުމާލުން ދަރިފުޅު މަރުވުމުން މަންމަ ބޭނުންވީ މާލީ ބަދަލު، ދައުލަތުން ބަދަލު ދީފި

އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖަކު މަރުވި ކަމަށް އެ ހޮސްޕިޓަލުން އިއުތިރާފުވި މައްސަލައެއްގައި ކުއްޖާގެ މައިންބަފައިންނާއެކު ސެޓްލްމެންޓް އެގްރީމެންޓެއް ހަދައި، ދައުލަތުން ގެއްލުމުގެ މާލީ ބަދަލު ދީފި އެވެ.

މިއީ އައިޖީއެމްއެޗްގެ އިހުމާލުން ދަރިފުޅު މަރުވި ކަމަށް ބުނެ ކުއްޖާގެ މަންމަ އެ ހޮސްޕިޓަލް އަތުން މާލީ ބަދަލު ހޯދުމަށް 13 އޮގަސްޓް 2023 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު އައިޖީއެމްއެޗްގެ އިހުމާލުގެ އަމަލުތަކުގެ ސަބަބުން މަރުވިކަން އެ ހޮސްޕިޓަލުގެ އެކަމަށް އިއުތިރާފުވެ ފޮނުވި ސިޓީން ސާބިތުވާ ކަމަށެވެ. އެހެންވެ އައިޖީއެމްއެޗް އިން އެ ހޮސްޕިޓަލުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުގެ ސަބަބުން ލިބުނު މާލީ ގެއްލުން ހޯދައިދިނުމަށް އެދިފައިވެ އެވެ.

އެ މައްސަލައިގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވީ މައްސަލައިގައި ހިމެނޭ ދެ ފަރާތް، އައިޖީއެމްއެޗް އާއި ކުއްޖާގެ މަންމަ، ޝަރީއަތުގެ ބޭރުން މާލީ ބަދަލު ދިނުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އެހެންވެ މުޅި ދައުވާ އަނބުރާ ގެންދަން އެދި މަންމަގެ ފަރާތުން މިދިޔަ މަހުގެ 28 ގައި ކޯޓުގައި އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ދެފަރާތުގެ މެދުގައި ޝަރީއަތުން ބޭރުގައި އެއްބަސްވުމަކަށް އާދެވިފައިފާތީ މުޅި ދައުވާ އަނބުރާ ގެންދިއުމަށް މަދަނީ އިޖުރާއަތުގެ ގާނޫނު ހުރަސްނާޅާ ކަމަށެވެ. އެހެންކަމުން މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ފާހަގަ ކުރެއްވުމަށްފަހު މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ މައްސަލައިގެ ހިމެނޭ ދެ ފަރާތުން ޝަރީއަތުގެ ބޭރުން އެއްބަސްވުމަކަށް އާދެވިފައިވާތީ މުޅި ދައުވާ އަނބުރާ ގެންދިއުމަށް މަންމަގެ ފަރާތުން ފޯމު ހުށަހަޅާފައިވާތީ މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރާ ކަމަށެވެ.

މި މައްސަލައިގައި ހުކުމް ކުރެއްވީ މިދިޔަ ޖުލައި މަހުގެ 30 ގަ އެވެ. ނަމަވެސް ދައުލަތުން މާލީ ބަދަލުގެ ގޮތުގައި ދިނީ ކިހާ ވަރެއް ކަމެއް ނޭނގެ އެވެ.

8 Comments

  • Raeefa AW އޯގަސްޓް 5, 2024

    At least then IGMH would try to reduce medical negligence cases.

  • Ayfuna Ayfuna އޯގަސްޓް 5, 2024

    ދައުލަތުން ބަދަލު ދިނީ ކިހާވަރެއް އަދި އިހުމާލުވީ މީހުންގެ އަދަބަކީ ކޮބާ ؟؟. އެބައިމީހުންނަށް ހައްގު ށަޒާ ދިނުމަށް ށަރިއަތުން ހުކުމް ކުރަން ޖެހޭނެ.

    • Ahmed Naseer އޯގަސްޓް 5, 2024

      Ayfuna Ayfuna dhaulathun dhin badhalu massalage gothun sirru kurevidhane, massalaga himenenee kuda kujjeh, veema e mauloomathu thah public ah engun kommehen laazimeh noon.. ehen noon ekan dhimavee IGMH ge kon doctor egge nuvatha kon team egge ihumalun kan public ah engun muhimmu, ekamaku aee IGMH in aammu kuran jehey mauloomatheh aee court aai behey kameh noon..

    • Ayfuna Ayfuna އޯގަސްޓް 5, 2024

      Ahmed Naseer ގާނޫނުގައި އޮންނަނީ ތަހުގީގު އަދި ށަރިއަތުގައި މައްސަލަ އޮންނަ ހިނދު 18 އަހަރު ނުވާ ކުޑަ ކުއްޖާގެ މައުލޫމާތު ސިއްރުކުރުން. ވީމާ މީހާލަތު މުޅިން ތަފާތު ދޯ. މީގައި މިއުޅެނީ ބައެއްގެ އިހުމާލުން ކުޑަ ކުއްޖަކު މަރުވި ވާހަކަ. އެހެންވެ އެ އިހުމާލުވީ ބަޔަކާ އެމީހުންނަށް ދިން އަދަބާއި އަދި ބަދަލު ގޮތުގައި ދިން ފައިސާގެ އަދަދު އެބަ ޖެހޭ އެނގެން. މިއީ ކައިރި އޮންނަ އިންޑިޔާ އަދި ސްރިލަންކާގައި ސަރުކާރުގައި ވެސް އޮންނަ ގޮތް. ކުޑ ކުއްޖާގެ މައުލޫމާތު ހޯދުން މުހިންމެއްނު.

  • Ahmed Naseer އޯގަސްޓް 5, 2024

    11 މަސް ފަހުން ނަމަވެސް މާލީ ބަދަލު ލިބުނީތީ އުފާކުރަމެވެ. އެކަމަކު ހިތާމައަކީ ކޯޓުތަކުންވެސް ކޮންމެ ކޮންމެ ބަޔަކަށް އެބަދަލު ހޯދާ ނުދޭކަމެވެ. ހެކި ހުއްޓަސް ޤަރީނާ ހުއްޓަސް ކޮންމެވެސް ހިސާބަކުން ކޭސް ވަޅުޖެހޭ ކަމެވެ.

    • Sherin Mariyam އޯގަސްޓް 5, 2024

      Ahmed Naseer 11 months fahun *

  • Moosa Shamil އޯގަސްޓް 5, 2024

    Dhen ihmaalu v meehunnah dheyne adhabeh netheetha..

  • Aflaan Afu އޯގަސްޓް 5, 2024

    Gaimu thiothy kuh gabul kuraa varu koffa

Leave a Reply