ސެޕްޓެމްބަރ 21, 2024

ކޮޓަރިން ދުވާ ނުބައި ވަސް ފިލުވާލަން މޮސެމްސާ ފްރެޝް ބެޑް އަދި ނިކޯ ސްޕްރޭ

ކުޑަ ޖާގައިގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދޮވެފައި ހުންނަ އެއްޗެހި ހިއްކުމުގެ ސަބަބުން އުފެދޭ ނޭދެވޭވަސް ނައްތާލުމެވެ. މި ސަބަބާހުރެ، ބައެއް ފަހަރު އަންނައުނުގައި ވެސް ތަތްމުޑުވަސް ހިފާފައި ހުރެ އެވެ.

މި މައްސަލައިގެ ހައްލަކީ މޮސެމްސާ ފްރެޝް ބެޑް އަދި ނިކޯ ސްޕްރޭ އެވެ.

ބޭނުންވާ ތަނެއްގައި (މިސާލަކަށް: ބާލީސް، ބެޑްޝީޓް، ކޮޓަރީގެ ފަރުނީޗަރު، ކާރުގެ ގޮނޑި، އަންނައުނު ފަދަ ތަކެތީގައި) މި ސްޕްރޭ އިން ދެތިން ފަހަރު ސްޕްރޭ ކުރުމަށްފަހު، 5 މިނިޓް ވަންދެން ބަހައްޓާލުމުން، އެ އެއްޗަކާ ބީހޭ ކޮންމެ ފަހަރަކު މީރުވަސް ދުވާނެ އެވެ. އަދި އެއްވެސް އެއްޗެއް ނުޖެހި ބެހެއްޓިއްޖެ ނަމަ، މި މީރުވަސް 48-72 ގަޑިއިރާ ހަމައަށް ދެމި ހުންނާނެ އެވެ.

ނިކޯ ސްޕްރޭއަކީ ޒަމާނީ 3 ވައްތަރެއްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ، ގެ، ކާރު އަދި އޮފީހުގެ ތެރެއިންވެސް 5 މިނެޓުން ދުމާއި ވަސް ފިލުވާލަދޭ ސްޕްރޭއެކެވެ. މިއީ ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތަކުން ބޭނުންކުރާ އުފެއްދުމެކެވެ.

މި ބްރޭންޑްގެ ފްރެޝް ބެޑް ލިނެން ސްޕްރޭ އަދި ނިކޯ ސްޕްރޭ މިހާރު ޕޮއިސް ޕާފިއުމްސް އިން ލިބެން ހުންނާނެ އެވެ.

ހޯލްސޭލްކޮށް މި ފްރޮޑަކްޓް ގަތުމަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެންގައި މި އައިޓެމް މިހާރު ލިބެން ހުންނާނެ އެވެ.

މި އުފެއްދުން ރީޓެއިލްކޮން އަދި ހޯލްސޭލްކޮށް ގަތުމަށް މާލެ މަޖީދީ މަގުގެ ރަށްދެބައި މަގު ކައިރީގައި ހުންނަ ޕޮއިސް ޕާފިއުމްސް ފިހާރަ ނުވަތަ ހުޅުމާލެ، ނިރޮޅުމަގު ލޮޓް ނަންބަރު 10421 ގައި ހުންނަ ޕޮއިސް ޕާފިއުމްސް ފިހާރަ އިޚުތިޔާރު ކޮށްލެވޭނެ އެވެ.

ޕޮއިސް ޕާފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯއްދެވުމަށް، މާލެ ފިހާރަ ފޯން ނަންބަރު 9151155، ނުވަތަ، ހުޅުމާލެ ފިހާރަ ފޯން ނަންބަރު 9131155 އާއި ގުޅާލެވޭނެއެވެ. އަދި ޕޮއިސް ޕާފިއުމްސް އިން ހޯލްސޭލްކޮށް މުދާ ބައްލަވައިގަތުމަށް 7556699 ނަންބަރަށް ވައިބަރު ނުވަތަ ގުޅާލުމުން އެކަން ހަމަޖެހިގެންދާނެ އެވެ.

މީގެ އިތުރުން ޕޮއިސް ޕާފިއުމްސްގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް މެދުވެރިކޮށް ޕޮއިސް ޕާރފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯދާލެވޭނެ އެވެ.