ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުން ނިމުމަކަށް ގެނެވޭނީ އެއްވަސް ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކޮށްގެން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާތަކުގެ ތެރޭގައު ވަކި ގައުމުތަކެއް އިސްތިސްނާ ނުވާނެ ގޮތަށް ބައިނަލްއަގުވާމީ ގާނޫނާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނު ތަންފީޒު ކުރުން ހިމެނޭ ކަމަށެވެ.
ޒަމީރު ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ މީހުންނަށް ފޯރާކަން ކަށަވަރު ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން މިހާރު ކުރަންވީ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއް ނުވެ ދެމިތިބޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ފަލަސްތީނު މައްސަލައަށް އޮތް ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުން ކަމަށް ޒަމީރު ވިދާޅުވި އެވެ.
އޯއައިސީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މެދުކެނޑުމެއްނެތި ވަކާލުތުކުރަމުން އަންނަ 57 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ. އެ ޖަމާއަތުގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރެވެ.




ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ޒަމީރު މުހިންމު ސާޖަރީއެއް ކޮށްފި، ހާލު ރަނގަޅު
ބޮޑު ދަރަންޏެއް ދައްކަން ޖެހުނަސް، ޓެކްސް ބޮޑުކުރަން ނުޖެހޭނެ ގޮތަށް ރާވާފައިވާނެ:
ބަޖެޓުގައި ތަފްސީލު ނެތް މައްސަލައިގައި ޒަމީރު: އެއީ ރައްޔިތުންގެ ފައިދާއަށް!
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު