ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަން ފެށި 4،000 ފްލެޓް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އޭސީސީ އިން ހުއްޓުވާފައި އޮތުމަށްފަހު އެ މަސައްކަތް ކުރުމުގެ ފުރުސަތު ދިނީ މި އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ކަމަށެވެ.
އަދި އެކަމަށް ހުއްދަ ދިންއިރު ބައެއް ކަންކަން ކުރަން މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމާއި މައްސަލަ ނެތް ފޯމުތަކުގެ މީހުންނަށް ފްލެޓް ދިނުމަށާއި ހުރި މައްސަލަތަކާ ގުޅިގެން ބައެއް އުސޫލުތައް ހެދުމަށް އަންގާފައި އޮތް ކަމަށް ވިދާޅުވި އެވެ.
އެކަން ކުރުމަށް މި ސަރުކާރުން ވަނީ ”ހައުސިން ކޮމިޓީ“ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފަ އެވެ.
”އެންމެ ހައްގުވާ 4,000 ފަރާތަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ވާހަކަ ދަންނަވާލަން,“ ހައިދަރު ވިދާޅުވި އެވެ.
ހައިދަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން 4،000 ފްލެޓްގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އަންނަ އޮކްޓުބަރު މަހު ނިމޭނެ އެވެ. އަދި އެހާތަނަށް ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.




8 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި