ގުޅިފަޅުން ބިން ލިބުނު މީހުންނަށް ބިން ހަވާލުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޭން ނިންމީ 2,218 ގޯއްޗެވެ. އަދި އެ ވެރިކަމުގައި ގުޅިފަޅުން ގޯތި ކަނޑައައި ހަވާލުވެސް ކުރަން ފެށި އެވެ. އެ ގޯތިތައް ދޫކުރީ ގުޅިފަޅުގައި ހިއްކާފައިވާ ސަރަހައްދާ އިންވެގެން އެ ސަރުކާރުން ހިއްކި އާ ބިމުންނެވެ.
ނަމަވެސް މި ސަރުކާރުން އައިސް, ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލައި, ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ވަނީ ބަދަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ, ގުޅިފަޅަކީ މި ވަގުތު ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރަމުން އަންނަ ސައިޓެއް ކަމަށެވެ.
އަދި އެ ސައިޓް ހުސް ކުރެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށާއި އެތަނުން ބިން ދޫކުރެވޭނީ އެއަށްފަހު ކަމަށް ވިދާޅުވި އެވެ.
ހައިދަރު އިތުރަށް ވިދާޅުވީ, ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ލިޔުން ދީފައި ހުރީ ކަނޑުންނާއި ފަޅުން ކަމަށާއި އެހެންކަމުން އެތަން ފުރަތަމަ ހިއްކަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
”85 ހެކްޓަރު އަދި ހިއްކަން އެބަ އޮތް، އެ ހިއްކައި ނިމުނީމަ އެ ތަނުން ގޯތި ހަވާލުކުރެވޭނީ، ހަވާލުކުރެވޭ ވަކި ތާރީހެއް މި ވަގުތު ދަންނަވަން ދަތި، ލޭންޑް ޔޫސް ޕްލޭން ފާސްކޮށް އެއަށް އަމާޒުކޮށް ސާވޭއެއްކޮށްފައި ބިން ކަނޑައެޅިދާނެ، ނަމަވެސް އެ ތަނުގައި ޖަހާ ކަންމުޑިތައް ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތް، އެހެންކަމުން އަލުން ހަރަދުކޮށްގެން ފަހުން އެކަން ކުރަންޖެހޭއިރު މި ވަގުތު އެކަންކުރަން އެކަށީގެނެއް ނުވޭ، ބުރިޖު މަސައްކަތްކުރަމުންދާތީ،“ މިނިސްޓަރު ވިދާޅުވި އެވެ.




ގުޅުންހުރި
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި
އެލައިޑަށް 40 އަހަރު: ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓް ކުރަން ބޭއްވި ބައިސްކަލް
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
ސިނގިރޭޓު ވައްކަން: އާރިފު ހިމެނޭގޮތަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަށް 64 ބިލިއަން ރުފިޔާ، 62 ޕަސެންޓަކީ ރިކަރަންޓް