ދައުލަތުގެ ހުރިހާ ކަމެއްގައި ޒުވާނުންނަށް ބަސް ބުނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރާ ބަޔަކީ ޒުވާނުންނަށްވާއިރު، ދައުލަތް ހިންގުމާއި ބައްޓަން ކުރުމުގައި ބަސް ބުނެ، އެ މަނިކުފާނަށް ލަފާދޭނެ ކޮމިޓީއެއް އުފެދިގެން އައުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
”ޒުވާނުންގެ ކޮމިޓީއަށް އެއްވެސް ކަހަލަ ލިމިޓެއް، ވަކި ކަމެއްގައި ބަސް ނުބުނެވޭނެ ކަމެއް ނޯންނަ ގޮތަށް، ދައުލަތުގެ ހުރިހާ ކަމެއްގައި، ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ތި ބޭފުޅުންނަށް ލަފާ ދެއްވޭނެ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ، އެ މަނިކުފާނު އެދިގެން ކަންކަން ކުރުމުގެ ބަދަލުގައި ޒުވާނުންނާ ގުޅޭ ކަންކަން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތްތައް އެ މަނިކުފާނަށް ހުށަހެޅުމަށް ކޮމިޓީގައި އެދިވަޑައިގެންފައެވެ. އަދި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
”އަޅުގަނޑަށް ހުށަހަޅާ ކަންކަން އަޅުގަނޑު ބަލައިގަންނާނަމޭ ވީވަރަކުން ރާއްޖޭގައި އެކަންތައްތައް ތަންފީޒު ކުރުމަށް ކަންކަން ފަހިކުރާނަން. ލިމިޓޭޝަންގައިވެސް މަޝްވަރާ ކުރެވިގެން ދެން އޮންނަ އެންމެ ރަނގަޅު ގޮތެއްވެސް ހޯދިގެންދާނޭ،“ ރައީސް ވިދާޅުވިއެވެ.

2 Comments
ގުޅުންހުރި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 727 މިލިއަން ރުފިޔާ ހޭދަކޮށްފި
އަގުބޮޑު އިނާމް ތަކާއި އެކު އެސްޓީއޯ ”މެގަ ސޭލް ޕްރޮމޯޝަން“ ފަށައިފި
މެލޭޝިއާގައި ހުކުރު އަޅާ މީހުން 2 އަހަރަށް ޖަލަށް ލަނީ
ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ވަން ޕީސްގައި ސަންޖީގެ ރޯލް ކުޅޭ ސްކައިލާ