އޭޕްރިލް 11, 2025

މަޖިލިސް ރައީސް ޗައިނާއަށް

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ ޗައިނާއަށް ފުރާވަޑައިގެންފި އެވެ

ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލީހުގެ ރައީސް ފުރާވަޑައިގެންނެވީ ”2024 އިންޓަ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑިވެލޮޕިން ކަންޓްރީސް“ ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. މިބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް ވަޑައިގެންނެވިއެވެ.

ހަ ދުވަހުގެ މުއްދަތަކަށް ޗައިނާގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ އިންޓަ ޕާލަމެންޓަރީ ޔޫނިއަން އާއި ޗައިނާގެ ގާނޫނު ހަދާ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ގާނޫނު ހަދާ މަޖިލިސްތަކަށް އަދާކުރެވޭނެ ދައުރާ ބެހޭގޮތުން މަޝްވަރާ ކުރާނެ އެވެ.

1 Comment

  • Xiya Saleem އޯގަސްޓް 18, 2024

    Kithah tharu jamaan gen dhiya tha? China in ves annani tharujamaan govaigen

Leave a Reply to Xiya Saleem Cancel reply