އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމުން މުހައްމަދު މިހާދު ވަކިކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މިހާދު އެ މަގާމުން ވަކިކުރެއްވީ މިއަދު ކަމަށެވެ.
އަދި އެއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ގެނައި ބަދަލެއް ކަމަށް ޕީސީބީން ބުންޏެވެ.
ޕީސީބީން މިއަދު ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު ވެސް އެ މަގާމުން ވަކިކުރައްވައިފަ އެވެ. ޒިޔާދު އެ މަގާމުން ވަކިކުރެއްވިއިރު އޭނާއަށް އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދިނުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ޕީސީބީން ވަނީ ސަރުކާރުން އަލަށް އުފައްދާފައިވާ ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރު ކަމަށް އަހުމަދު އަލީ، ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު އަދި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާންޓް އައްޔަން ކުރައްވައިފަ އެވެ.
ގުޅުންހުރި
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ދަރުވައިލީ ކުރީ ސަރުކާރުން: އަމީން
ރާއްޖޭގައި ކުށްކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކުރާ 30 ކުންފުންޏެއް!
އެސްއޯއީތަކުން ބޯނަސް ދިނުމަށާއި ލޯނު ނެގުމަށް ފިނޭންސުން ހުއްދަ ހޯދަންޖެހޭ ގޮތަށް
މިފްކޯއިން ޝަރީފް ވަކިކޮށް، މަސްވެރިކަމާ ގުޅޭ އެހެން ކުންފުންޏަކަށް ބަދަލުކޮށްފި
އެޗްޑީސީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފި
ފެނަކައިގެ އެމްޑީއަކަށް، ރިޓަޔާޑް މޭޖާ ނަޖާހު އައްޔަންކޮށްފި