ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.
ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް މުހުތާޒު އައްޔަން ކުރެއްވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުންނެވެ.
ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ކަން ވެސް ކުރެއްވި މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލު ކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ މީޑިއާތަކަށް ވިދާޅުވެފަ އެވެ.
ނަމަވެސް ބަދަލު ކުރެއްވީ ކޮންއިރަކު ކަމެއް އަދި ބަދަލުކުރި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވި މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވި އިރު، މިހާރު ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަނީ މުހުތާޒެވެ.




ގުޅުންހުރި
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
ލަންކާއަށް އެހީވާން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ދެނީ
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން
ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިވެއްޖެ