ޖޫގޯ އެޅުމަށް ބޭނުންކުރާ ތައްޓަކާއި ޕްލާސްޓިކް ހޮޅިއެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.
ވައްކަމުގެ ތުހުމަތުގައ ފުލުހުން ހައްޔަރުކުރީ ގދ. ތިނަދޫ. ގަހާދަށުގެ، އަހުމަދު ހުޒާމް އަލީ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ.
އޭނާގެ ބަންދު މަޖިލީހުގައި ފުލުހުން ބުނީ އޭނާއަކީ ކުށުގެ ރިކޯޑު ގިނަ މީހެއް ކަމަށެވެ. އަދި އޭނާ ހުއްޓުވައި އޭނާ ހިފައިގެންދިޔަ ތިން ފޮށިގަނޑާއި އެއް ބަސްތާ ޗެކުކުރި އިރު އޭގެ ތެރެއިން ޖޫގޯ އެޅުމަށް ބޭނުންކުރާ ތައްޓާއި ތަށީގެ މަތީގެ އިތުރުން ޕްލާސްޓިކް ހޮޅި ފެނުނު ކަމަށް ބުންޏެވެ.
އެ ތަކެއްޗާ ގުޅިގެން ހުޒާމްއާ ސުވާލުކުރުމުން އެއީ އޭނާގެ ޅިޔަނަކު ހުޅުމާލެ ގެންދަންވެގެން ބަލައި އަންނަން ދެން ހާވަލުކޮށްފައިވާ ތަކެތި ކަމަށް ބުނި ކަމަށާއި ނަމަވެސް ޅިޔަނުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ނޭނގޭ ކަމަށް ބުނި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ހުޒާމް އެ ތަކެތި ވިއްކުމަށް މަސައްކަތް ކުރި ކަމަށް އާންމުންގެ ބަޔަކު މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުންގެ ވާހަކަތަކާ ގުޅިގެން ގާޒީ ނިންމީ ހުޒާމް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. ހުޒާމަށް ފުލުހުން ތުހުމަތުކުރާ ވައްކަމުގެ ކުށް އޭނާ ކުރި ކަމަށް ކޮންމެވެސް ވަރަކަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
އެހެންވެ ގާޒީ އަމުރުކުރެއްވީ ހުޒާމް 10 ދުވަހަށް ބަންދު ކުރުމަށެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް