އެމްޑީޕީއަކީ ބަގާވާތް ކުރާނެ ބައެއް ނޫން ކަމަށާއި އަދި އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީވެސް ސަރުކާރު ބަދަލުކުރުން ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ މަގުމައްޗަށް ނުކުންނަން ޖެހޭނެ ހާލަތު އައިސްފި ކަމަށްވާ ނަމަ، އެމްޑީޕީން ނުކުންނާނީ ސަރުކާރު ޒިންމާދާރު ކުރުވައި، ކަންކަމުގެ ވާހަކަ ސަރުކާރަށް އިއްވައިގެން ކަންކަން ބަދަލުކުރުވަން ކަމަށެވެ.
އެގޮތުން ގައުމު ނާޒުކު ފައްތަރެއްގައި އޮތް ވަގުތެއްގައި އެމްޑީޕީން ވެސް މަސައްކަތް ކުރާނީ ލިބިފައި ހުރި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސަރުކާރަށް މެސެޖު ދިނުމަށް ކަމަށް ވިދާޅުވި އެވެ.
”އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ސަރުކާރު ބަދަލުކުރުމެއް ނޫން. އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ރައްޔިތުންނާ ހިސާބަށް ކަންކަން ހިނގާ ގޮތް ތަފުސީލުކުރުން، ސަރުކާރު އެކައުންޓަބަލް ކުރުން އަދި ސަރުކާރު އަނިޔާވެރިވެ ގާނޫނުއަސާސީއާ ހިލާފުވާ ކަމަށްވަންޏާ ސަރުކާރު ބަދަލުކުރަން ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކުރުން. އަޅުގަނޑުމެންނަކީ ބަގާވާތްކުރާ ބައެއް ނޫން. އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަނީ ސަރުކާރު ވައްޓާލާކަށެއް ނޫން،“ ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެންސީގެ އެތެރޭގައި ގޯސްތަކެއް އުޅޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަމިއްލައަށް ބަގާވާތެއް ކުރާތަން ފެންނަ ކަމަށެވެ.




2 Comments
ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް