ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށާއި ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ހަދާ ޕާކިން ބިލްޑިންތަކުގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެ ކަމަށެވެ.
އެޗްޑީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހުޅުމާލެ ފޭސް 1 ގައި ހަތް އިމާރާތް، ހުޅުމާލެ ފޭސް 2 ގައި ހަތް އިމާރާތް އަދި ހުޅުމާލެ ފޭސް 3 ގައިއެއް އިމާރާތް ހަދާނެ އެވެ. މިއިން ކޮންމެ އިމާރާތަކީ ހަތް ބުރީގެ އިމާރާތްތަކެކެވެ. އޭގެ އިތުރުން ކޮންމެ އިމާރާތެއްގެ ބޭސްމެންޓްވެސް ޕާކިންއަށް ހާއްސަ ކުރަން ނިންމާފައިވާއިރު ކޮމާޝަލް ޔުނިޓުތައް ހަދަން ނިންމާފައިވަނީ އިމާރާތުގެ އެންމެ މަތީގަ އެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ކުރެހުންތަކުން އެނގޭ ގޮތުގައި މިއިން ކޮންމެ އިމާރާތެއްގެ މަތީގައި ކޮންމެވެސް ކުޅިވަރެއް ކުޅެވޭނެ ވަސީލަތްތައް ގާއިމުކުރާނެ އެވެ. އެގޮތުން ބައެއް އިމާރާތްތަކުގެ މަތީގައި އައުޓްޑޯ ބާސްކެޓްބޯލް، ޓެނިސް ކޯޓުތަކާއި އައުޓްޑޯ މަލްޓިޕާޕަސް ސްޕޯޓްސް ކޯޓުތަކާއި ސްކޭޓް ޕާކާއި މިނީ ގޮލްފް ކޯސްއެއްވެސް ހަދަން ވަނީ ނިންމައިފަ އެވެ.
މަޝްރޫއުގެ ތަފުސީލު:
- އިސްކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށް
- އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅޭނެ
- މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް
- އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ޕްރޮޕޯސް ކޮށްފައިވާ ބިޒްނަސް މޮޑަލްއާއި އޮޕަރޭޓަރުގެ ތަޖުރިބާ އަދި ސީއެސްއާރަށް ބަލާނެ
އެޗްޑީސީ އިން ބުނީ، މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް 16 ސެޕްޓެމްބަރު 2024ގެ މެންދުރުފަހު 2:00ގެ ކުރިން އީއޯއައި ހުށަހަޅަންޖެހޭނެ ކަމަށެވެ. އީއޯއައިތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، smartcity@hdc.mv އަށެވެ. މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން އަދި އެ ކުންފުނީގެ ނަންބަރު 1516 އަށް ގުޅައިގެން ލިބޭނެ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެ
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ހަ ބިލިއަން ރުފިޔާގެ ލޯނު
އާގަން ގޭސް ބަލްކުކޮށް އެތެރެކޮށް ރާއްޖޭގައި ފިލްކުރަން ފަށައިފި, ދަތިކަމަށް ނިމުމެއް