ވެރިކަމަށް ވަޑައިގެން މިހާތަނަށް ކުރެއްވި ހުރިހާ އަމިއްލަ ދަތުރުފުޅުތަކުގެ ހުރިހާ ހަރަދެއް ކުރައްވާފައިވާނީ އަމިއްލަ ފައިސާ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ނުރަސްމީ ދަތުރުފުޅުތަކުގެ ހަރަދާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދެއްވަމުން ރައީސް ވިދާޅުވީ، އުސޫލުގައި އޮންނަ ގޮތުން މުލިއާގެ ހަރަދުން އެ މަނިކުފާނުގެ އަމިއްލަފުޅު ދަތުރުތަކަށް ހަރަދު ކުރެވޭ ކަމަށެވެ. ނަމަވެސް އެ ފުރުސަތު އޮތަސް އެ ގޮތް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
”މިއަދާ ހަމައަށްދިޔަ އެއްވެސް އަމިއްލަ ދަތުރެއްގައި ޓިކެޓުވިޔަސް، އެކޮމޮޑޭޝަން ވިޔަސް، އެއްވެސް ހަރަދެއް، އަޅުގަނޑުގެ ވިޔަސް، އަޅުގަނޑު އަންހެނުންވިޔަސް ކުދިން ވިޔަސް އެއްވެސް މީހެއްގެ ހަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނުހުންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފައެއް،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ ކިރިޔާވެސް ވާން އޮތް ނަމަ އަމިއްލަފުޅަށް ކަންތައް ކުރައްވާ ބޭފުޅެއް ކަމަށާއި އެގޮތުން ރަސްމީގެކޮޅު، މުލިއާގެ މަރާމާތުކޮށް ނިމެންދެން އަމިއްލަފުޅު ގެ، ދިމްޔާތުގައި ހުންނެވީވެސް އަމިއްލަފުޅު ހަރަދުގައި ކަމަށެވެ. އަދި އެކަމަށް ދައުލަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި