ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރެއްވި ކަމަށް ބުނެ ކުރާ ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދޮގު ކުރައްވައިފި އެވެ.
ދާދި ފަހުން ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވަނީ އަދީބަށް ޖާސޫސްކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އެ ޖަލްސާގައި އެ ވާހަކަތަކަށް ބާރުދެއްވަމުން ކުރީގެ ރައީސް އަބްދުالله ޔާމީން ވަނީ ރައީސް މުއިއްޒު ސިންގަޕޫރުގައި އަދީބާ ބައްދަލުކުރެއްވި ކަމަށްވެސް ތުހުމަތު ކުރައްވައިފަ އެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ސިންގަޕޫރަށް ކުރެއްވި ދަތުފުޅެއްގައި އެ މަނިކުފާނު އަދީބާ ބައްދަލު ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ޔާމީނަށް ބަޔަކު ކަނޑައެޅިގެން އެފަދަ ދޮގު މައުލޫމާތު ދެއްވަމުންދާ ކަމަށާއި އެފަދަ ވާހަކަތައް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, އެ މަނިކުފާނަކީ އެއްވެސް އިރެއްގައި ޖާސޫސުކުރި ބޭފުޅެއް ނޫން ކަމަށާއި އަދި ކުރާނެ ބޭފުޅެއްވެސް ނޫން ކަމަށެވެ. އަދި އެ މަނިކުފާނަކީ އަދީބުގެ އަތުންވެސް އަދި އެހެން މީހެއްގެ އަތުންވެސް ފައިސާއެއް ހޯއްދެވި އަދި ލިބިވަޑައިގެންނެވި ބޭފުޅެއްވެސް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓުގައާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކެބިނެޓުގައި އަދީބު އާއެކު މަސައްކަތް ކުރެއްވި ކަމަށާއި އޭރުވެސް އެ މަނިކުފާނަކީ އަދީބާ މާ ގާތް ބޭފުޅެއް ނޫން ކަމަށެވެ.
”ބޮން ގޮއްވުމުގެ ހާދިސާ ހިނގައި އެހެން ހުރިހާ ކަމެއް ހިނގީ. އަދި އަދަށް ދާންދެން ވެސް ބައްދަލެއް ނުވޭ. އަދީބަކާ ބައްދަލެއް ނުކުރަން. އެއް ދުވަހަކު ކޮންމެވެސް މީހެއްގެ ޖަނާޒާގައި އާސަހަރާއަށް ދިޔައިރު އެތަނުގެ ދޮރުމަތީގައި ހުރިތަން ދުށިން. އެއީ ފިޒިކަލީވެސް އަދީބު އަޅުގަނޑަށް ބޮން ގޮއްވި ހާދިސާއަށްފަހު ފެނުނު ދުވަހަކީވެސް. ދުވަހަކުވެސް ބައްދަލެއް ނުކުރަން،“ ރައީސް ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން