ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ.
ކުޅުދުއްފުށި ސިޓީގެ އަފީފުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ރައްޔިތުން މަޖިލިސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވަނީ ރާއްޖޭގައި ކުނި މެނޭޖުކުރަން ހުރި ދަތިތަަކަށާއި ވަށާޖެހޭ، ހަރަދު ކުޑަ ގޮތެެއްގައި އެ މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައިފަ އެވެ.
އެގޮތުން ކުނީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖުކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން ”މަގޭ ސާފު ރާއްޖެ“ މަޝްރޫއު ފެށިފައިވާ ކަމަށް ތާރިގް ވިދާޅުވި އެވެ.
ތާރިގު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
”މަގޭ ސާފު ރާއްޖެ“ ޕްރޮގްރާމް އިފްތިތާހު ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
ގުޅުންހުރި
ވެމްކޯގެ ރިސޯޓް ކަލެކްޝަން ހިދުމަތް ދިނުމަށް އިތުރު ރިސޯޓް ތަކާއެކު ސޮއިކޮށްފި
ވެމްކޯގެ ހުޅުމާލެ އޮފީސް ރަސްމީކޮށް ބޭނުންކުރަން ފަށައިފި
ސްޓެލްކޯ ފޮޅާ ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި
ގުރައިދޫގެ ކުނިގޮނޑު ހުސްކުރުމުގެ ޕްރޮޖެކްޓް ނިމިއްޖެ: ވެމްކޯ
ފެނަކަ ޑީއެމްޑީގެ މަގާމުން ވަކިކުރި ނާއިފް ވެމްކޯގެ ޑީއެމްޑީ ކަމަށް
ދިމާވާ ހާދިސާތަކުގައި ފުރަތަމަ އެހީ ދޭން ވެމްކޯގެ މުވައްޒަފުން ތަމްރީނުކޮށްފި