ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ރާއްޖޭގެ ތާރީހު ދުށް އެންމެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އައްޔަންކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އަޝްފާގު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އެވެ. ނަމަވެސް އޭނާގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭ އަދަދެއް ނޭނގެ އެވެ.
މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އަޝްފާގު އައްޔަން ކުރި އިރު، އޭނާއަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލްގެ ވަރަށް ގާތް މީހެކެވެ. އެގޮތުން އަޝްފާގާއި ފައިސަލް ގިނަ ހަރަކާތްތަކުން އެއްކޮށް ފެނިގެންދާއިރު މަޖިލީހަށް އަބްދުއްރަޙީމް އިންތިޚާބުވުމުން އުފާ ފާޅުކުރަން ލ. ފުނަދޫގައި ބޭއްވި ހަރަކާތްތަކުގައި ވެސް އަޝްފާގު ބައިވެރިވެފައިވެ އެވެ.
މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އަޝްފާގު އައްޔަން ކުރި އިރު، މި ސަރުކާރުން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އޭނާގެ ބޭބެ އަހުމަދު އަޝްފާން ހަމަޖައްސައިފަ އެވެ. އަޝްފާން އެ މަގާމަށް ހަމަޖެއްސިކަން އިމިގްރޭޝަނުން އިއުލާން ކުރީ މިދިޔަ އޭޕްރިލް މަހު އެވެ. އޭނާއަކީ އެ މުއައްސަސާގައި 18 އަހަރު ހިދުމަތް ކޮށްފައިވާ މީހެކެވެ.
މަޖިލިސް ރައީސްގެ ގެކޮޅުގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވަނީ ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އެވެ. އަމިއްލަ ނޫހެއްވެސް ހިންގަވަމުން ގެންދާ މުންޑޫއަށް މަހަކު 45،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވަ އެވެ.




7 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި