އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ) އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމެވީ ސަރުކާރުގެ އިގުތިސާދީ ރިފޯމް އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށްޓަކައި އެއްގޮތް މަސައްކަތްތަކެއް ކުރާ ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލުމާ ގުޅޭ ގޮތުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
އެގޮތުން އިންޓަގްރޭޓެޑް ޓޫރިޒަމާ ގުޅޭ މަސައްކަތް ކުރުމަށް އުފެއްދި އެމްއައިޓީޑީސީ އުވާލުމަށްފަހު، އެ ކުންފުނީގެ މަޝްރޫއުތަކާއި މަސައްކަތްތައް، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރަން ވަނީ ނިންމައިފައެވެ. އަދި އެ ކަމާގުޅޭ ހުރިހާ މަސައްކަތްތައް މި އަހަރުގެ ނިޔަލަށް ނިންމުމަށްވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެގްރޯނެޓް އުވާލުމަށްފަހު އެ ކުންފުނީގެ މަސައްކަތްތައް ހަވާލުކުރަން ނިންމާފައިވަނީ އެގްރިކަލްޗާ އިކޮނޮމިކް ޒޯނާ ގުޅޭ މަސައްކަތްކުރާ ކުންފުނި ކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ޕަބްލިކް ލިމިޓެޑާ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
މި ސަރުކާރުން ފްރީޒޯން ކުންފުނި އުފެއްދީ ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރި އަށް ހާއްސަކޮށްގެންނެވެ.
އެ ކުންފުނި އުފައްދާފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހިއްސާ އޮންނަ ގޮތަށެވެ.




3 Comments
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް