ގޭގައި އުފައްދާ ކާބޯތަކެތި ވިޔަފާރީގެ އުސޫލުން ވިއްކާ ނަމަ، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ތަމްރީނެއް ފުރިހަމަކޮށް، ރަޖިސްޓްރީކުރަން ލާޒިމްވާ ގޮތަށް ކާބޯތަކެތި އުފައްދައި، ވިއްކުމުގެ އުސޫލު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އާންމުކޮށްފި އެވެ.
އެމްއެމްއެފްޑީއޭއިން މިރޭ ވަނީ ”އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު“ އަދި ”އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު“ އެ އިދާރާގެ ޕޯޓަލް ކަމަށްވާ ”ދިރިތި“ އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
”އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު“ވާގޮތުން ކާބޯތަކެތި އުފައްދައި ވިއްކުމުގެ ހުއްދަ ދެން ލިބޭނީ އެ މިންގަނޑަށް ފެތޭ ފަރާތްތަކަށް އެކަންޏެވެ. ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރު ކުރުމަށް އީފާސް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މައުލޫމާތު އެމްއެފްޑީއޭގެ ”ދިރިތި“ ޕޯޓަލް އަށް ހުށަހަޅަން ޖެހޭނެ ކަމަށް އަލަށް އެކުލަވާލި އެ އުސޫލުގައި ބުނެފައިވެ އެވެ.
އަދި އެމްއެފްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން ތަންތަން ފާސް ކުރެވިދާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ހުށަހަޅަން ޖެހޭ ޗެކްލިސްޓާއި އިގުރާރުތައް އަހަރަކު އެއް ފަހަރު އެމްއެފްޑީއޭ އަށް ފޮނުވަން ޖެހޭނެ ކަމަށް އުސޫލުގައި ހިމަނައިފައިވެ އެވެ.
ކާބޯތަކެތި އުފެއްދުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތައް:
. ވަހާއ،ި ދުމާއ،ި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްޙަތަށް ނުރައްކާ ވެދާނެ ފަދަ
މަސައްކަތަކަށް ނުވުން
. ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން
. މި މިންގަނޑުގެ ދަށުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކ ”ބޭސިކް ފުޑް ސޭފްޓ ކޯސް“ ފުރިހަމަކޮށްފައިވާ
ފަރާތެއް ކަމުގައިވުން ނުވަތަ މި އޮތޯރިޓން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން
. ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާއިނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން
– ކާބޯތަކެތި ވިއްކަން ބަހައްޓާއިރު އެތަކެތި ’ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ލޭބަލްކުރުން
– މުއްދަތު ހަމަވާ ތާރީހު 24 ގަޑިއިރަށްވުރެ އިތުރުނުވާ ކާބޯތަކެތީގެ ތެރެއިން ވަކިވަކި އުފެއްދުމުގައި ލޭބަލް
އުސޫލުގައިވާ ގޮތުން ކާބޯތަކެތި ތައްޔާރު ކުރާ ވަގުތު ކަމާ ނުގުޅޭ މީހުން ބަދިގެއަށް ވައްދައިގެންނުވާނެ އެވެ. އަދި ވިޔަފާރީގެ ބޭނުމަށް ގޭގައި ތައްޔާރުކުރާ ކާބޯތަކެތި އުފެއްދުމަށް އިންޑަސްޓްރިއަލް އަވަން ފަދަ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ އާލާތްތައް ބޭނުން ކޮށްގެންނުވާނެ އެވެ.
5 Comments
ގުޅުންހުރި
އިންޑިއާއިން މަނާކުރި އެއްވެސް ބޭހެއް ރާއްޖޭގައި ނުވިއްކާ: އެމްއެފްޑީއޭ
އެމްއެފްޑީއޭ އުވާލައި އާ އެމްއެފްޑީއޭއެއް ރައީސް އުފައްދަވައިފި
ރޯގާއަށް ބޭނުންކުރާ އެލެގްރާ ބޭހުގައި ކޮލިޓީ މައްސަލަތަކެއް، ބޭނުންކުރުން މަނާކޮށްފި