ސިނަމާލެ ބުރިޖު މަޝްރޫއުގެ ހުރިހާ މަސައްކަތެއް ކުރެއްވީ އޭނާ ކަމަށާއި އެއިރުގެ ރައީސް އަބްދުﷲ ޔާމީން ގިނައިން އުޅުއްވަނީ ތާސް ކުޅުއްވަންށާއި ސިންގަޕޫރުގައި ވިޔަފާރި ކުރައްވަން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އަދީބު މިއަދު ފޭސްބުކަށް ޕޯސްޓުކުރި ވީޑިއޯއެއްގައި ވިދާޅުވީ މާލެއާއި ހުޅެލެއާ ދެމެދު ބުރިޖު އެޅުއްވުމަށް ޔާމީން ނިންމެވި ހިސާބުން އެކަމުގެ މަޝްވަރާތައް ވަރަށް ގިނަ ފަރާތްތަކަކާއެެކު ކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ބުރިޖު ނޭޅޭނެ ކަމަށް ވިދާޅުވުމުން ޔާމީންވެސް އެކަމާ އެއްބަސްވެ، ބުރިޖު ނޭޅޭނެ ކަމަށް ގަބޫލުކުރެއްވި ކަމަށް އަދީބު ވިދާޅުވި އެވެ.
އެއިރު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުން ވެސް ބުރިޖު އެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަަމަށާއި ނަމަވެސް އެއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބުރިޖު އެޅޭނެ ކަމަށް ގަބޫލުކުރެއްވި ކަމަށް އަދީބު ވިދާޅުވި އެވެ.
”ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ބުރިޖެއްގެ ގޮތުގަ އެއިރު ވެސް ބައެއް މިނިސްޓްރީތަކުން އިއުލާނުކޮށް ހެދި. އެހެންނަމަވެސް އަޅުގަނޑުމެން ނިންމީ އިއުލާނުކޮށް ޗައިނާ ސަރުކާރާއެކު ވާހަކަ ދެއްކުމަށްޓަކާ. ހިތާމައަކީ އެއިރުގަ ވެސް ރައީސް ޔާމީން އުޅުއްވީ ގިނައިން ތާސްކުޅުއްވުމާ ގިނައިން ސިންގަޕޫރުގަ ޝޮޕިން ކުރުމުގައާ އަދި ހަމަ އެހެންމެ އެހެން ކަންތައްތަކުގަ“ އަދީބު ވިދާޅުވި އެވެ.
”އެއިރުވެސް އަޅުގަނޑު ޔާމީނަށް އެންގިން ރައީސް ޑރ.މުއިއްޒަކީ މީގައި ބައިވެރިވާން ޖެހޭ މިނިސްޓާރެއް ކަމަށް، ސަބަބަކީ އެބޭފުޅާކަން ބްރިޖްގެ ހުރިހާ ކަމެއް ތަންފީޒު ކުރައްވަނީ،“
ޗައިނާ ސަރުކާރާއެކު ބުރިޖު މަޝްރޫއުގެ މަޝްވަރާތަށް ވެސް ކުރެއްވީ އޭނާ ކަމަށް އަދީބު ވިދާޅުވި އެވެ. ބުރިޖުގެ ޕޭލްނިން ސްޓޭޖްގައި ޔާމީންގެ އެއްބާރުލުން ވަރަށް މަދު ކަމަށް އަދީބު ވިދާޅުވި އެވެ. ޔާމީން އެއިރު ކޮންމެ ކަމެއްގައި ކުރީ ސަފަށް ނެރުއްވި އިސްކުރައްވަނީ އޭނާ ކަމަށް އަދީބު ވިދާޅުވި އެވެ.
”ކޮންމެ ކަމެއްގައިވެސް ޔާމީން ވިދާޅުވަނީ، އަދީބު ކުރިއަށްގެންދާށޭ، މިސާލަކަށް ޗައިނާ ރައީސްގެ އަރިހުގައި އޭތި ޖަސްޓިފައި ކުރަން ބުނީމަވެސް، ޔާމީން ބުނަނީ އަދީބު ޖަސްޓިފައިކޮށްދޭށޭ،“ އަދީބު ވިދާޅުވި އެވެ.
ސިނަމާލެ ބުރިޖު އޮތީ އިކޮނޮމިކް ކައުންސިލުން ފައިނަލް ކުރި ގޮތަށް ކަމަށް އަދީބު ވިދާޅުވި އެވެ. ބްރިޖާއި، ފީސިބިލީޓީ އާއި އޭގެ ބޯހޯލް ސްޓަޑީއަކީ ބަދަލު ކުުރެވޭނެ ކަންކަމެއް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ.
”މިހާރު އެންމެ ކޮންފިއުޒް ވެގެން މި އުޅެނީ ބައިސްކަލް އަދި ޖޮގިންގ ލޭން، އެއީ އެއް ލޭނެއް، އެތާގައި ޖޮގް ކުރާނެ ކަން ނިންމާފައި އޮތީ ޔާމީން، ބައިސްކަލް ދުއްވަން ނުޖެހޭކަމަށާއި، އެއީ ޔާމީން ޑިޒިޝަނެއް، މިއަދު ޔާމީން ހަނދުމަފުޅު ނުހުންނަނީ،“ އަދީބު ވިދާޅުވި އެވެ.
މާލޭގެ ޕާކެއް ބަންދުކުރި މައްސަލައިގައި ޔާމީން، ރައީސް މުއިއްޒު ދެކެ އެހާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެމްޑީއޭގެ ފަރާތުން ހުށަނޭޅިނަމަ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމަށް އައްޔަންނުކުރައްވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

8 Comments
ގުޅުންހުރި
އެމްޑީޕީއަށް 5 ފަނި ވާނީ ފޮނުވާފައި، ލޯކަލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން:
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
ސަލީމްގެ ނުސީދާ ފާޑުކިޔުން ޑރ. ވަހީދަށް: ކާޅަކީ އިހުލާސްތެރި އެއްޗެއް ނޫން!
ބްރިޖު އެޅުމަށް ޗައިނާ އާއެކު އެންމެ ފުރަތަމަ މަޝްވަރާ ކުރީ އަޅުގަނޑު:
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި