މާލޭގައި ކާރަކާއި ސައިލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓް ހިންގީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިލެއް ޖެހިގެން ކަމަށާއި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު ކޮންޓްރޯލް ނުވެގެން ގޮސް ކާރުގައި ޖެހިގެންނެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ގދ. ގައްދޫ ޒުވާނަކަށް ކަމަށާއި އޭނާ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ މޭކަޑިގަނޑާއި ނިތްކުރީގެ ކަށިގަނޑެއްވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ. އަދި ކަރުގެ ނާރުތަކަށް ގެއްލުންތަކެއް ލިބިފައިވާކަން އެނގިފައިވެ އެވެ.




ގުޅުންހުރި
ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފި
ޕީއެންސީން މި ނުކުތީ އައްޑޫގެ ރަސްކަމެއް ނިންމަން، މިފަހަރު ތަފާތު ފެންނާނެ:
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
ފަރުހާދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތެއް ނުވޭ: އިހުސާން
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް: މަނަވަރު ފައްތާލިކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ!
ޝީޝާ މަނާ ކުރުމާއެކު ހަކުރުން ޓެކްސް ނެގުމަށް މަޝްވަރާކުރަނީ