ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސްޕޯޓްސް ކާރު ދުއްވަން އިން މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން އެ އެކްސިޑެންޓް ހިންގިކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލަށާއި މޫނު މައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.
އެކްސިޑެންޓުގައި މަރުވީ ލ. އިސްދުއަށް އުފަން ހަސަން ސަމާހު، 23 އަހަރެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެކެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ފުލުހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދެންމެ ވަނީ އެ މީހާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފަ އެވެ. އެއީ ސ. ހިތަދޫ/ ވައިލެޓްފެހި، މުހައްމަދު ވިސާމު ސިދުގީ އެވެ. އުމުރަކީ 26 އަހަރެވެ.

16 Comments
ގުޅުންހުރި
ސައޫދީ ރަސްގެފާނުގެ ހަރަދުގައި ހައްޖުވުމުގެ ފުރުސަތު ދިން ފަލަސްތީން ހައްޖުވެރިންގެ ފުރަތަމަ
އެޗްއައިވީ ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅޭތީ ހޯދަނީ
އޮސްޓްރޭލިއާއިން އެމްއެންޑީއެފްއަށް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރަނީ
ސާޖިދާ ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމައިފި
ކަނޑުދަތުރު ނުކުރެވޭ ވަރަށް އީދުގައި މޫސުން ގޯސްނުވާނެ: މެޓް
ރައީސް ބައްދަލުކުރެއްވި ”ޕްރިންސް“އާ ބެހޭގޮތުން ހަލީލްއާ ސުވާލު ކުރަނީ