ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 ގައި ހަދަމުން އަންނަ ޓަވަރުތަކުގެ ތެރެއިން 16 ޓަވަރުގެ ސްޓްރަކްޗާ މަސައްކަތް އެއްކޮށް ނިމިއްޖެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 32 ޓަވަރު ދަނީ ހަދަމުންނެވެ. އެއީ 4،000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކާ އެވެ.
އޭގެ ތެރެއިން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން ހަދަމުން އަންނަ ”އަމާން އުދަރެސް“ ގެ 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން އެފްޑީސީން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
ޖުމުލަ 165 މިލިއަން ޑޮލަރު (2.65 ބިލިއަން ރުފިޔާ) އަށް އެ ޓަވަރުތައް ހަދަން ކޭޕީއައިއެލްއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ”އަމާން ދޯދި“ ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ. އެ ޓަވަރުތަކުގެ ސްޓްރަކްޗާގެ މަސައްކަތް އަދި އެއްކޮށް ނުނިމެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޓަވަރުތައް ހަދަނީ 17-18 ބުރިއަށެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.




3 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި