ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިސާ ދިން ކަމަށް ބުނެ ”އަދަދު“ ނޫހުން ޖެހި ހަބަރާ ގުޅިގެން އެ ނޫހުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
”އަދަދު“ ނޫހުން މިއަދު ވަނީ ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް ދެއްވަމުން އަންނަ ބައި ލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ ހަބަރެއް ޖަހައިފަ އެވެ.
ޕީއެންސީގެ ބައެއް މެންބަރުންނާ ހަވާލާދީ ޖަހާފައިވާ އެ ހަބަރުގައި ބުނެފައިވާ ގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ، ޕީއެންސީ އޮފީހުގަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާން ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދަދު ނޫހުން ގެނެސްދީފައިވަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެވަޑައިގަތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
”ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ“ ހީނާ ވިދާޅުވި އެވެ.

7 Comments
ގުޅުންހުރި
ޗަމްޕާ އާއިލާ އިން ދިއްފުއްޓަށް ކުނި މެނޭޖުކުރާ މެޝިނަރީޒް ހަދިޔާކޮށްފި
ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގައި ތާށިވެއްޖެ!
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހިލޭސާބަހަށް މަސައްކަތް ކުރަން ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ