ބޮޑު އަގުގައި ބޭސް ވިއްކައިގެން ބޮޑެތި ފައިދާ ނެގުން ހުއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެއަށް އެތެރެކޮށް މިިހާތަނަށް ވިއްކަމުން ގޮސްފައިވަނީ 200 ޕަސެންޓުން ފެށިގެން 2000 އިންސައްތަައާ ދެމެދުގެ ފައިދާއެއް ލާފައި ކަމަށެވެ.
އެވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުން ހުރި އެންމެހައި މުއައްސަސާތަކަށް މިހާރު އަންގަވާފައިވާ ކަމަށާއި އެ ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފުސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދަ އިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ،“ ރައީސް ވިދާޅުވި އެވެ.
ބޭހުގެ އަގު ދަށްކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް އަންގަވާފައިވާއިރު، ރައްޔިތުންނަށް ހެޔޮ އަގުގައި ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮަތަށް ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ޔޫރަޕްގެ ކޮލިޓީގެ ބޭސް ރާއްޖެއަށް އެތެރެކޮށް، އެސްޓީއޯއިން ސަޕްލައި ކުރަން ވަނީ ފަށައިފަ އެވެ.




2 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި