ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަ ނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ބަންދުކޮށްފި އެވެ.
މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަންދުކޮށްފައިވަނީ ”ޓްރާންސްފާ މޯލްޑިވްސް“ އާއި ”ކާޝިބޯޓް ސޮވެނިޔާ“ ކިޔާ ތަނެކެވެ.
ފުލުހުން ބުނީ، ޓްރާންސްފާ މޯލްޑިވްސްގެ ވިޔަފާރި ހުއްޓުވައި ނޯޓިސް ހަރުކޮށްފައިވާއިރު، ކާޝިބޯޓް ސޮވެނިޔާއަށް ވިޔަފާރި ކުރުމަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ އޮޕަރޭޝަންގައި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށްވެސް އަންގާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.



