ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި ޓޯކުރަން އުޅުމުން، ކާރުން ނުފައިބައި ކާރު ލޮކްކޮށް ފުލުހުންގެ ދައުރަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިހެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި، ސިތުރާ، ހަސަން ސައީދު (38އ) އެވެ.
ފުލުހުން މިރޭ ބުނީ ރޭ ދަންވަރު ވެހިކަލް ޗެކިން ޕޮއިންޓެއް ޖަހައިގެން ހަރަކާތްތެރިވަމުން ދިޔައިރު ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުއްޓުވި އިރު، އެއީ ސީ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ކަމަށެވެ. އަދި ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސްއެއް ނެތް ކަމަށްވެސް ބުންޏެވެ.
”ލައިސަންސް ނެތި ކާރު ދުއްވުމުން އަދި ސައްހަ ނޫން ނަންބަރު ޕްލޭޓް ކާރުގައި ހަރުކޮށްފައިވާތީ ފުލުހުން އެ ކާރު ޓޯކުރަން އުޅުމުން ފުލުހުންނަށް އެއްބާރުން ނުދޭނެ ކަމާއި ކާރުން ނުފައިބާނެ ކަމަށް ބުނެ ކާރު ލޮކްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުން ކޮށްގެން އޭނާ ވަނީ ހައްޔަރުކޮށްފައި“ ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




1 Comment
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި