ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.
ފެނަކައިގެ ޗެއާޕާސަންގެ މަގާމަށް ޝިމާދު އައްޔަންކުރި އިރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެސްޓީއޯގެ ދަށަށް ފެނަކަ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފެނަކަ އާއި ފިނޭންސް މިނިސްޓްރީ އަދި އެސްޓީއޯ ގުޅިގެން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޕީސީބީން ވަނީ ޝިމާދުގެ އިތުރުން އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް ފެނަކައިގެ ބޯޑަށް އައްޔަންކޮށްފަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅީ އެސްޓީއޯ އިންނެވެ. އެއީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. އެސްޓީއޯގެ އެ ޕްރޮޕޯސަލް ގަބޫލުކޮށް ފެނަކައަކީ އެސްޓީއޯގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ އެ މަހުގެ 26 ވަނަ ދުވަހު އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި، އެގޮތަށް ޕްރޮޕޯސަލް ހުށަހެޅީ ފެނަކަ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށް، ގަވަނަންސް ސިސްޓަމް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ފެނަކަ އިންކުރާ ވިޔަފާރީގެ އެންމެ ބޮޑު ހޭދައަކީ ތެލަށްކުރާ ހޭދަ ކަމަށްވެފައި އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެ ނަމަ، އެ އިންޓަގްރޭޝަނުން ދެ ކުންފުންޏަށް ލިބޭނެ ފައިދާއަށް ބެލުމަށްފަހު އެވެ.
ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލަން ހަމަޖެހިފައިވަނީ އެސްޓީއޯ، ފިނޭންސް މިނިސްޓްރީ، އެންވަޔަރުމަންޓް މިނިސްޓްރީ ތަމުސީލުކުރައްވާ ބޭފުޅުން ހިމެނޭ ގޮތަށެވެ. އަދި ފެނަކަ އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުވުމުން އެކުންފުނީގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލުގެ ދަށުންނެވެ.

ގުޅުންހުރި
އިޒްރޭލުގެ އަނިޔާވެރިކަން އަލުން ފެށުން: ޝަހީދުވި މީހުންގެ އަދަދު 400 އަށް،
ހުއްޓިފައި އޮންނަތާ 11 މަސް ފަހުން ރައީސްގެ ޖަވާބު ސިލްސިލާ އަލުން
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް