ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އަނިޔާވެރިކަމާއި ހުދުމުހުތާރުކަން އިސްނުކުރައްވައި ވެރިކަން ކުރެވޭނެކަން ސާބިތުކޮށްދެއްވަމުން ކަމަށް އެ މަނިކުފާނު ރައީސްކަން ކުރައްވާ އަދި ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުއައްސަސާތައް ބޭނުންކޮށްގެން ވާދަވެރި ސިޔާސީ ފަރާތްތަށް ކަސްތަޅު އަޅުވައި ގައިދުކުރުމުގެ ސަގާފަތް މި ވެރިކަމާއެކު ނިމުމަކަށް އައިސް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިވެފައިވާ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިންގެ އަނބުރަށް އަރައިގަނެ ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުންވެސް ރައީސް ނިމުމަކަށް ގެންނަވާފައިވާ ކަމަށް ބުންޏެވެ.
”ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ކަސްތަޅުއަޅުވައި ގައިދުކުރުމުގެ ސަގާފަތް އެ މަނިކުފާނުގެ ވެރިކަމުގައި ނިމުމަކަށް ގެންނަވައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަން ކަމާއެކު ވާދަކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށްދެއްވިއެވެ. އަނިޔާވެރިކަމާއި ހުދުމުހުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން އެ މަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުމެ ސާބިތު ކޮށްދެއްވަމުންނެވެ“ ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ، ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ސިޔާސީ ބަދަލުހިފުމަށް ރައީސް ވަނީ ނިމުމެއް ގެނެސްފައި ކަމަށެވެ. ސިޔާސީ ކަންކަން ނިންމުމުގެ މަސައްކަތް ރައީސް ކުރިއަށްގެންދަވަނީ ރީތި ނަމޫނާ ދައްކައިގެން ކަމަށް ޕީއެންސީން ބުންޏެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި