މާލޭ ގެސްޓްހައުސް އަކަށް މީހަކު ވައްދައި، ފޭރުނު މައްސަލައެއްގައި ދެ މީހަކަށް ދައުވާ ކުރަން ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މިއީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު މާލޭގައި ހުންނަ ޔެލޯ ލައިޓް ސްޓޭ ގެސްޓްހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗެހިން ބިރުދައްކައި، އޮރިޔާންކޮސް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާންސްފާކޮށް ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މި މައްސަލައިގައި ފުލުހުން ދައުވާ ކުރަން އެދިފައިވަނީ ގ. އޯލްޕެރިސް/ އަހުމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ)ގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި