މީހެއްގެ ވައިބާ އާއި ފޭސްބުކް އެކައުންޓު ހެކުކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން، ހެންވޭރު ޕޮލިހާއި ސައިބާ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަތުލި ފައިސާތައް ހަ ގަޑިއެއްހާއިރުގެ ތެރޭގައި ހޯދި ކަމަށެވެ.
އެގޮތުން އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ 10700 ރުފިޔާ ހޯދި ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑު ތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންޏެވެ.




ގުޅުންހުރި
ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން ޒުވާނަކު ހައްޔަރުކޮށްފި
ވަޒީފާ އަދާކުރާ ރިޓަޔާޑް ފުލުހުންނަށް ރިޓަޔަމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައިފި
އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް، އެންމެ ގިނަވެގެން ލިބޭނީ 15،000
ޝުޖޫނަށް ފުރައްސާރަކުރި މައްސަލަ އެޗްއާރުސީއެމުން ކުށްވެރިކޮށްފި
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް